ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތު މަސައްކަތު މީހުން ބޭނުންވެއްޖެ!
މަޤާމް |
މިސްކިތު މަސައްކަތު (ވަގުތީ) |
ބޭނުންވާ އަދަދު: |
02 (ދޭއް) |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު: |
ކޮންމެ ނަމާދުވަގުތަކަށް 30 މިނެޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.
|
އުޖޫރަ: |
މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެ އިރަކަށް 22.78/- ރުފިޔާ |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: |
ގދ. މަޑަވެލީ މަސްޖިދުލް ބަރަކާތު |
މަޤާމުގެ ޝަރުޠު: |
ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން. |
މަޤާމުގެމައިގަނޑު މަސްއޫލިއްޔަތު: |
އެއްބަސްވުމުގައިވާގޮތަށް، މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި، މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން. |
ވަޒީފާއަށްއެދި ހުށަހަޅާ ލިޔުންތައް: |
1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ 2. އައި.ޑީ ކާޑުގެ ކޮޕީ. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މިމަޤާމަށް އެދޭ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ކުރިން ވަޒީފާއަށް އެދި މިއިދާރާއަށް ސިޓީ ހުށަހަޅަން ވާނެއެވެ. |
އިތުރު މަޢުލޫމާތު: މިސްކިތު މަސައްކަތު 02 މުވައްޒަފުން ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ނަގަން ބޭނުންވަނީ ގދ. މަޑަވެލި ބަރަކާތު މިސްކިތު މަސައްކަތު ވަޒީފާގައި މިހާރު ތިއްބެވި 02 މުވައްޒަފުން 65 އަހަރުވުމުން 31 ޑިސެމްބަރ 2017 ގައި ރިޓަޔަރ ވާތީ، އެ 02 މުވައްޒަފުންގެ ބަދަލުގައި، ދާއިމީ މުވައްޒަފަކު ހަމަޖެހެންދެން އެމުއްދަތުގައި ވޭޖް އެމްޕްލޯއިމަންޓްގެ އުޞޫލުން ގދ. މަޑަވެލީ ބަރަކާތު މިސްކިތުގައި މަސައްކަތް ކުރުމަށެވެ.