ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަތޮޅު ފުޓްބޯޅަ މުބާރާތް 2018

ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް

މާލެ

ދިވެހިރާއްޖެ

                                                              ނަންބަރު:FAM/IUL/2017/035  

އިއުލާން

              2018 ވަނަ އަހަރުގެ އަތޮޅު ފުޓްބޯޅަ މުބާރާތް 27 ފެބްރުއަރީ 2018 ގައި ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

              މި މުބާރާތުގައި ބައިވެރިވާން ބޭނުންވެލައްވާ ސްޕޯރޓްސް ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ، ރަށްތަކުން 31 ޖެނުއަރީ 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ތިރީގައި މިދަންނަވާ އީމެއިލް އަށް ނުވަތަ ފެކްސް ނަންބަރަށް ފެކްސް ކުރެއްވުމަށް ދަންނަވަމެވެ. މިލިޔުމުގައި، ފުޓްބޯޅަޓީމުގެ ކަންތައްތަކުގައި މި އެސޯސިއޭޝަނުން ގުޅާނޭ ފަރާތެއްގެ ނަމާއި، މަގާމް އަދި ފޯން ނަންބަރު އެގެންއޮންނަންވާނެއެވެ.

މުބާރާތް ކުޅޭނެ ގޮތް:

1- އަތޮޅަކުން 2 ޓީމަށް ވުރެއް ގިނަ ޓީމް ބައިވެރިވާނަމަ، އެއަތޮޅު މުބާރާތުގެ މެޗްތަށް ކުޅޭނީ އެއަތޮޅެއްގެ ހޯސްޓު ކުރާ ރަށެއްގައެވެ. 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.  

2- އެއަތޮޅެއްގެ އަތޮޅު މުބާރާތް ހޯސްޓު ކުރުމަށް ބޭނުންވެލައްވާ ރަށްތަކުން އެކަމަށް އެދި ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ޕްރޮޕޯސަލްއާއި އެކު 31 ޖެނުއަރީ 2018 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިއެސޯސިއޭޝަންނަށް އީމެއިލް ނުވަތަ ފެކްސް ކުރެއްވުމަށް ދަންނަވަމެވެ.

3- ޒޯން މުބާރާތުގެ މެޗްތަށް ކުޅޭނީ 2 ޓީމަށް ވުރެއް ގިނަ ޓީމް ހިމެނޭ ޒޯންތަކުގައި ސެންޓްރަލައިޒްކޮށެވެ. އަދި 2 ޓީމް ބައިވެރިވާނަމަ ހޯމް އެންޑް އަވޭ އުސޫލުންނެވެ.  

ފެކްސް ކުރައްވާނީ: 3317005

އީމެއިލް ކުރަށްވާނީ: [email protected] / [email protected]

              މުބާރާތުގައި ޓީމްތައް ބައިވެރިވެ ނިމުމުން އެކިއެކި އަތޮޅުގައި މުބާރާތް ފަށާ ތާރީޙް ޢިއުލާން ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

              26 ޑިސެމްބަރ 2017   

26 ޑިސެންބަރު 2017
ހޯދާ