ދިވެހިރާއްޖެ
މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން.
2018 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރެވުނު GS112/IUL/2017/06 ނަންބަރު އިޢުލާނާއި ގުޅިގެން ބިޑް ހުށައެޅުމަށް 3ފަރާތުން ހާޟިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
މިސްކޫލްގެ ސެކިއުރިޓީ ބަލަހެއްޓުމަށް ކޮންޓްރެކްޓް އުޞޫލުން 2018 ވަނަ އަހަރު (01 ޖަނަވަރީ 2018 އިން ފެށިގެން 31 ޑިސެމްބަރ 2018 ގެ ނިޔަލަށް) މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަވައި ދެއްވާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިޢުލާންކުރަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިކަމަށް އެދި ހުށައެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތާއި ގުޅޭގޮތުން ހިންގާ މުޢާމަލާތްތައް މިދަންނަވާ ގޮތުގެ މަތީން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މުޢާމަލާތް |
ތަން |
ތާރީޚް |
ގަޑި |
މަޢުލޫމާތު ދިނުން |
ޅޮހީސްކޫލް |
31 ޑިސެމްބަރ 2017 (އަދިއްތަ) |
ހެނދުނު 10:00 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ޅޮހީސްކޫލް |
04 ޖެނުއަރީ 2018 (ހޯމަ) |
ހެނދުނު 10:00 |
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6560573 ފޯނާއި ގުޅުއްވުން އެދެމެވެ. ______________________
26 ޑިސެމްބަރ 2017