ދިވެހިރާއްޖެ
ނަންބަރު: GS144/IUL/2017/33
އިޢުލާނު
ޕްރިންސިޕަލް ހުންނަވާނެވުމަށް 01 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން
2018 ވަނަ އަހަރު މިސްކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނަވާނެ ގެއެއް ކުއްޔަށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެންކުރި އިޢުލާން ނަމްބަރ GS144/IUL/2017/32 (26 ޑިސެމްބަރ 2017) އިސްލާޙްކުރުމަށްޓަކައި އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، 01 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ދޫކުރަން ޤަޞްދުކުރައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 01:00 އަށް ދިއްފުށީ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 31 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 01:00 އަށް ދިއްފުށީ ސްކޫލަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6640522 ފޯނު ނަމްބަރަށެވެ.