ހދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާ ބެހޭ!

                01ޖެނުއަރީ2018 އިން ފެށިގެން 31 ޑިސެމްބަރ2018 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން 2017 ނޮވެމްބަރ 28 ގައި މިމަދަރުސާއިން ކުރި ނަންބަރ GS-20/IUL/2017/29 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ހދ. އަތޮޅު މަދަރުސާގެ އޮފީސް

މަޢުލޫމާތު ސާފުކުރުން.

2017ޑިސެމްބަރ31ވާ އާދީއްތަ ދުވަހުގެ 11:00ގައި

އަންދާސީހިސާބު ހުށަހެޅުން.

2018ޖެނުއަރީ08ވާ ހޯމަ ދުވަހުގެ 13:00ގައި

               ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ. މިގޮތުން މަޢްލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ސިޓީއެއް ހުށަހަޅުންވަންވާނެއެވެ.އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

  މަޢުލޫމާތު ސާފުކުރެއްވި  ފަރާތްނޫން ފަރާތެއް ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ތަމްޞީލުކުރާފަރާތެއްގެ ސިޓީއެއްގެންނަންވާނެއެވެ.މަޢުލޫމާތު ސާފުކުރުމުގައްޔާއި، ބިޑްހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްޞީލުކުރެވޭނީ އެއްފަރާތަކަށެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅާ  ބިޑް އަދި ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވިމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

             07 ރަބީޢުލްއާޚިރާ 1439

             25 ޑިސެމްބަރ 2017 

25 ޑިސެންބަރު 2017
ހޯދާ