ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ފަޅުރަށްރަށުގެ ވަރުވާ ދެއްކުމާބެހޭ
މި މިނިސްޓްރީން ވަރުވާއަށް ދޫކޮށްފައިވާ ފަޅުރަށްރަށުގެ 2018 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު 2018 ޑިސެންބަރު މަހުގެ ނިޔަލަށް ހަމަވާތީ 31 ޑިސެންބަރު 2017 ވަނަ ދުވަހުގެ ކުރިން މި ފައިސާ ދެއްކުމަށް ވަރުވާއަށް ފަޅުރަށް ހިފާފައިވާ ފަރާތްތަކަށް ހަނދުމަފުޅުއަރުވަމެވެ. ފަޅުރަށްރަށުގެ ވަރުވާ ދައްކަވާނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށެވެ. ވަރުވާ ދައްކަވަން ވަޑައިގަންނަވާއިރު ރަށް ލިޔެދީފައިވާ ފަރާތުގެ އައިޑެންޓިޓީ ކާޑުގެ ނުވަތަ ކާޑުގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ފަޅުރަށްރަށުގެ ވަރުވާ އެރަށެއް ހިމެނޭ އަތޮޅެއްގެ އަތޮޅު ކައުންސިލުންވެސް ބަލައިގަންނާނެ ވާހަކަވެސް ދެންނެވީމެވެ.
އަދި ދަންނަވަމެވެ. 2018 ވަނަ އަހަރުގެ ވަރުވާ ދެއްކުމުގެ މުއްދަތު ހަމަވާއިރު ރަށަށް ދައްކަވަންޖެހޭ ވަރުވާ ނުދައްކަވާ ފަރާތްތަކާމެދު، އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢަމަލުކުރެވޭނެ ވާހަކަ ފަޅުރަށް ވަރުވާއަށް ގެންގުޅުއްވާ ފަރާތްކަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.