ދިވެހިރާއްޖެ
c
`
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު، ދިވެހިރާއްޖެ ނަމްބަރ: (IUL)304-EDS/304/2017/60
އިޢުލާނު
ރ. ދުވާފަރު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައިހުރި ރުއްތަކުން ކުރުނބާ ވިއްކުމައިބެހޭ އުޞޫލް ޢާއްމު ކުރުން:
ރ. ދުވާފަރު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ޢާއްމުކޮށް ކުއްޔަށް ދޫކުރާ ރުއްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ކުއްޔަށްނުދީ ހުންނަ ރުއްތަކުން ޢާއްމުކޮށް ކުރުނބާ ވިއްކުމާއިބެހޭ ގޮތުން ހަދާފައިވާ ''ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައިހުރި ރުއްތަކުން ކުރުނބާ ވިއްކުމާއިބެހޭ އުޞޫލް'' 28 ނޮވެމްބަރ 2017 (އަންގާރަ) ދުވަހު ބޭއްވި ރ. ދުވާފަރު ކައުންސިލްގެ 3 ވަނަ ދައުރުގެ 2017 ވަނަ އަހަރުގެ 27 ވަނަ ޢާއްމު ބައްދަލުވުމުންވަނީ ފާސްކޮށްފައެވެ. އަދި އެ އުސޫލް މި މެސެޖާއިއެކު ޢާއްމުކުރީމެވެ.
ވީމާ، މީގެފަހުން ކުރުނބާ ވިއްކުމުގައި ޢަމަލު ކުރާނީ މިއުސޫލުގައިވާ ގޮތުގެ މަތިން ކަމުގައިވާތީ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
03 ރަބީޢުލްއާޚިރު 1439
21 ޑިސެމްބަރ 2017