މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފ. ނިލަންދޫގެ ފެނުގެ މަޝްރޫޢުގެ ޓެންޑަރ ޑޮކިއުމަންޓް ތައްޔާރުކުރުމާއި ބެހޭ

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ  (އެމް.އީ.އީ) އިން   ކުރިއަށްގެންދާ  ފ. ނިލަންދޫގެ ފެނުގެ ނިޒާމްގެ ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން އަމަލީ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބީލަންފޮތާއި އެއާއިގުޅޭ އެހެނިހެން ލިޔެކިއުންތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ ތެރޭގައި ތައްޔާރުކުރެވިފައިވާ ޑިޒައިންގ ރިވިއުކުރުމާއި، ބީލަންފޮތް ލޭބަރ ކޮންޓްރެކްޓް މޮޑެލްއަށް ބަދަލުކުރުމާއި، އަމަލީ މަސައްކަތްކުރުމަށްބޭނުންވާ މެޓީރިއަލް ކޮއަންޓިފައިކުރުމާއި، ލޭބަރ މަސައްކަތްކުރުމަށާއި މެޓީރިއަލް އަދި އިކުއިޕްމަންޓަށް އަންދާޒާ ޚަރަދު ތަފްސީލްކޮށް ތައްޔާރުކުރުމާއި، ލޭބަރ ކޮންޓްރެކްޓްގެ ބީލަމަށް ހުޅުވުމުގައި އެހީތެރިވުމާއި، ލިބޭ ބީލަންތައް އަގުވަޒަންކުރުމާއި، ކޮންޓްރެކްޓް ތައްޔާރުކޮށްދިނުމާއި، މެޓީރިއަލްގެ ހުއްދަޔަށް އެދި ހުށަހަޅާ ފޯރމް އަދި އަމަލީ މަސައްކަތްކުރާ ފަރާތުގެ މަސައްކަތް މޮނިޓަރ ކުރުމަށްހަދާ ފޯރމްތައް ތައްޔާރުކުރުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓަންޓުންނަށް "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން އަރުވަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިންކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ކުންފުނީގެ ފަރާތުން ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ އަދަދާއި ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަންވާނެއެވެ.

މި މިސައްކަތުގެ " ރިކުއެސްޓް ފޯރ ޕްރޮޕޯސަލް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޖެނުއަރީ 15 ވާ ހޯމަ ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2018 ޖެނުއަރީ 15 ވާ ހޯމަ ދުވަހުގެ 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

24 ޑިސެންބަރު 2017
ހޯދާ