ދިވެހިރާއްޖެ
މާލިއްޔަތު ކޮމިޓީ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2017 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ “A” ކެޓަގަރީގައި ހިމެނޭ އޮޑިޓް ފާމްތަކުގެ ތެރެއިން -/100,000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑުނޫން އޮޑިޓް ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރެއްވުމަށް އޮޑިޓް ފާމެއް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 21 ޖަނަވަރީ 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
06 ރަބީޢުލްއާޚިރު 1439
24 ޑިސެންބަރު 2017