ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕާޓިޝަން ޖެހުމުގެ މަަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން.

   ނ. އަތޮޅު ތަޢުލީމީ މަރުކަޒު

    ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު: GS07/IUL/2017/031

އިޢުލާން

        ޕާޓިޝަން ޖެހުމުގެ މަަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން........          .

                                                  

އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު   

        

     މިމަދަރުސާގެ އިދާރާގައި ޕާޓިޝަންޖެހުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2017 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށައެޅުއްވުމާއި، ކެނޑުން

2017 ޑިސެމްބަރ 31 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

      މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިމަދަރުސާގެ ނަމްބަރު GS07/IUL/2017/030  އިޢުލާނާގުޅިގެން އެއްވެސްފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާޠިލްކުރިވާހަކަ ދެންނެވީމެވެ.

 

06 ރަބީޢުލްއާޚިރު 1439

24 ޑިސެމްބަރ 2017

24 ޑިސެންބަރު 2017
ހޯދާ