ފިޔޯރީ ސްކޫލް، ގދ. ފިޔޯރީ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

                                                                                                            ނަންބަރ: GS209/IUL/2017/20

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

    މިސްކޫލުން ކުރި އިޢުލާން ނަންބަރ: GS209/IUL/2017/17  (06 ޑިސެމްބަރ 2017) އިޢުލާނާއި ގުޅިގެން މައުލޫމާތު ސާފްކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާތިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.            

    ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވުމާއެކު، މި މަސައްކަތްކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

    ހުށަހެޅޭ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ފިޔޯރީ ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.

ތާރީޚް

ދުވަސް

ތަފްސީލް

ގަޑި

ތަން

31 ޑިސެމްބަރ 2017

އާދީއްތަ

މައުލޫމާތު ސާފްކުރުން

10:30

ފިޔޯރީ ސްކޫލް

04 ޖެނުއަރީ 2018

ބުރާސްފަތި

އަންދާސީ ހިސާބްހުށަހެޅުން

10:30

ފިޔޯރީ ސްކޫލް

ނޯޓު: މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

                                 24 ޑިސެމްބަރ 2017

24 ޑިސެންބަރު 2017
ހޯދާ