ދިވެހިރާއްޖެ
2018 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރި އިއުލާން (ނަންބަރު GS79/IULAAN/2017/32) ބާތިލުކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.
ވީމާ، މި މަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި މަދަރުސާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
2 ޖަނަވަރީ 2018 (އަންގާރަ) ދުވަހުގެ 13:00 އަށް |
11 ޖަނަވަރީ 2018 (ބުރާސްފަތި) ދުވަހުގެ 11:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު) ގެންނަން ވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6500096 ނަންބަރު ފޯނާއެވެ.
3 ރަބީޢުލްއާޚިރު 1439