ދިވެހިރާއްޖެ
މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ | |||
---|---|---|---|
ބޭނުންވާ އަދަދު :1 | |||
މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ މަޤާމު ނަންބަރު: J-271611 ބޭނުންވާ އަދަދު: 01 ރޭންކް: އެމް.އެސް.3 ކްލެސިފިކޭޝަން: ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 މުސާރަ: -/7035 ރުފިޔާ ސަރވިސް އެލަވަންސް: -/2000 ރުފިޔާ މަޤާމުގެ ގިންތި: ދާއިމީ މަޤާމު އޮތް އޮފީސް: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން ވަޒީފާއަދާކުރަން ޖެހޭ ތަން : ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން ވަޒީފާއޮތް އޮފީސް: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް / މިނިސްޓްރީ އޮފް އެޑިއުކޭޝަން ވަޒީފާއަދާކުރާ ސެކްޝަނާއި ތަން : އެޑްމިނިސްޓްރޭޓިވް ސެކްޝަން/ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް/ މިނިސްޓްރީ އޮފް އެޑިއުކޭޝަން
އިތުރު އިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
1- ހަރުދަނާ ނިޒާމެއްގެދަށުން ޑިޕާޓްމަންޓުގެ އިދާރީ މަސައްކަތްތައް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން. 2- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މަސައްކަތް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން. 3- ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރައާއި އިތުރުގަޑީގެ އެލަވަންސް ރިޕޯޓު ތައްޔާރުމުގެ މަސައްކަތްތައް ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން. 4- ޑިޕާޓްމަންޓުގެ ފައިސާއާއި ގުޅުންހުރި އެންމެހާ ކަންތައްތައް މާލިއްޔަތުގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ހަރުދަނާ ނިޒާމެއްގެދަށުން ރާވާ، ޔުނިޓުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހަވާލުކޮށް މަސައްކަތް ކުރިއަށްދާގޮތް މޮނީޓަރ ކޮށް ބެލެހެއްޓުން.
ޝަރުޠު 1- އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 06 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 04 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3- އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާގައި މަދުވެގެން 02 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 4- އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ 5- އެޑްމިނިސްޓްރޭޝަން/ފައިނޭންސް/ހިއުމަންރިސޯސް މެނޭޖްމެންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ހުށަހަޅަންޖެހޭ ލިޔުންތައް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: - މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ.ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާމަގު/ކ.މާލެ) އަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 02 ޖެނުއަރީ 2018 ވަނަ ދުވަހުގެ 13:00ގެ ކުރިން މި ޑިޕާޓްމެންޓަށެވެ. - އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 03 ޖެނުއަރީ – 09 ޖެނުއަރީ 2018 އާ ދެމެދުގެ ތާރީޚެއްގައެވެ. ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. ނ. އިންޓަވިއު އޮންނަ ތަން: ކޮލިޓީ އެޝުއަރަންސް ޑިޕާޓްމެންޓް /ހ. ހުޅުގަލި - 3 ވަނަ ފަންގިފިލާ (ކަރަންކާމަގު/ކ.މާލެ)
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30% (ތިރީސް އިންސައްތަ)
އިތުރު މަޢުލޫމާތު ހޯދުން: މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341158 ނަންބަރު ފޯނާއެވެ. |