ދިވެހިރާއްޖެ
ވީލްޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
އިޖްތިމާޢީ ރައްކާތެރިކުރުމުގެ ނިޒާމުގެ ދަށުން މި އެޖެންސީއަށް ވީލްޗެއަރ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ބޭނުންވާ ވީލްޗެއަރ ފޯރުކޯށްދިނުމަށްޓަކައި، މި އެޖެންސީއަށް ވީލްޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޞިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދެންނެވީމެވެ.
ތަފުޞީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
25 ޑިސެމްބަރ 2017 |
ހޯމަ |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
28 ޑިސެމްބަރ 2017 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
|||
އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާނީ: މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާ (މ.ސަކައިމޫ) ގެ މީޓިންގ ރޫމްއަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް:
- ފޯން: 3005353
- ފެކްސް: 3003535
- އީމެއިލް: [email protected]