ދިވެހިރާއްޖެ
ޙައްޖު ކިޓް ގައި ހިމެނޭ ތަކެތި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމާ ބެހޭ
މިކޯޕަރޭޝަނަށް ޙައްޖު ކިޓް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)MHCL-P/1/2017/17) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލު ކުރުމަށްފަހު، މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ ޙައްޖު ކިޓް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވައި ފަރާތްތަކުން، 2 ޖަނަވަރީ 2018 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 11 ޖަނަވަރީ 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށެވެ.
ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް ހުންނަނީ މޫކައި ސުއިޓްސްގެ 2 ވަނަ ފަންގިފިލާގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3011000 އަށެވެ.
3 ރަބީޢުލްއާޚިރު 1439