ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/52
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް ޕްރޮޖެކްޓް ކޯޑިނޭޓަރ ކަމުގެ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| މަޤާމް: | ޕްރޮޖެކްޓް ކޯޑިނޭޓަރ،ގްރޭޑް 4 | 
| ބޭނުންވާ ޢަދަދު: | 02 (ދޭއް) | 
| ކްލެސިފިކޭޝަން / ރޭންކް: | އެމް.އެސް 1 – ގްރޭޑް 4 | 
| މުސާރަ: | މަހަކު -/9080 ރުފިޔާ (ނުވަހާސް އައްޑިހަ ރުފިޔާ) | 
| ލިވިންގ އެލަވަންސް: | މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) | 
| އެޓެންޑެންސް އެލަވަންސް: | ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން | 
| އެހެނިހެން ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. | 
| މަސައްކަތް ކުރަންޖެހޭތަން: | ކޯޕަރޭޝަނުގެ ހެޑް އޮފީސް | 
| މަސައްކަތް ކުރާ ޑިޕާރޓްމަންޓް: | ޕްރޮޖެކްޓްސް ޑިޕާރޓްމަންޓް | 
| ފެންވަރު ނުވަތަ ޝަރުތު: | - ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ޙާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. | 
| އެހެނިހެން ޝަރުތު: | - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - ސިނާޢީ މަސައްކަތްތައް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. | 
| ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: | - ޕްރޮޖެކްޓްސް ތަކަށް ބޭނުންވާނެ ބިލް އޮފް ކުއެންޓިޓީޒް (ބީ.އޯ.ކިއު) ބިލް އޮފް މެޓީރިއަލްސް (ބީ.އޯ.އެމް) ވާރކް ޝެޑިއުލް / ވާރކް އައުޓްސް ހަދަން އެހީތެރިވުމާއި، ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން. - ޕްރޮޖެކްޓް ތަކަށް ބޭނުންވާ ޓެކްނިކަލް އަދި އެހެނިހެން ކުރެހުންތައް ތައްޔާރުކުރަން އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން. - ޕްރޮޖެކްޓް މޮނިޓަރކޮށް ޕްރޮޖެކްޓް ހިނގާ ނުހިނގާގޮތުގެ ތަފްސީލު ވެރިންނާ ހިއްސާކުރުން. - ޕްރޮޖެކްޓްތަކުގެ ޑެއިލީ ، ވީކްލީ އަދި މަންތްލީ ރިޕޯޓް ހެދުން. - ޕްރޮޖެކްޓް ތަކުގެ ސައިޓް ސާވޭ ކުރުން. - ޕްރޮޖެކްޓް ތަކުގެ ޕޭމަންޓް ޝެޑިއުލް ހެދުމަށް އެހީތެރިވެދިނުން އަދި ދަށުން މަސައްކަތްކުރާ މުވައްޒަފުން ތައްޔާރުކުރާ މިފަދަ ޑޮކިއުމެންޓްސް ޗެކްކުރުން. - ޕްރޮޖެކްޓްތައް ކުރިއަށްދާ ސައިޓްތައް ބެލެހެއްޓުން. - ޕްރޮޖެކްޓް ތަކާއި ގުޅިގެން ޑިޕާރޓްމަންޓުން ފޮނުވަންޖެހޭ ސިޓީ އާއި އެކިއެކި ލިޔެކިޔުން ތައްޔާރުކޮށް ފޮނުވުން. | 
| ސުންގަޑި: | މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 | 
| އިންޓަވިއު: | - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ / 2018 ޖެނުއަރީ މަހުގެ ތާރީޚެއްގައިއެވެ. | 
| ނޯޓް: | މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. | 
30 ރަބީޢުލްއައްވަލް 1439
18 ޑިސެމްބަރ 2017
 
                    