ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2017/37
ކ.ތިލަފުށީ ޓީ.އައި.ޒެޑްގެ ކީވޯލް ސަރަހައްދުގައި ފެންސެއް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިދެންނެވި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ އަދި މަސައްކަތުގެ ޤާބިލުކަން ހުރި ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޓީސީއެލް ހެޑް އޮފީސް |
- |
21 ޑިސެމްބަރު އިން 25 ޑިސެމްބަރު 2017 އަށް |
09:00 އިން 15:00 އަށް |
ޕްރީބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
26 ޑިސެމްބަރު 2017 |
10:30 ގައި |
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
އަންގާރަ |
02 ޖަނަވަރީ 2018 |
10:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއަރމަންޓް ޑިޕާރޓްމަންޓާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
19 ޑިސެމްބަރު 2017
1 ރަބީޢުލްއާޚިރު 1439
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514