އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރުން ހޯދުމާއި ގުޅޭ

މަޤާމް:

ޕްރީސްކޫލް ޓީޗަރ  

ބޭނުންވާ ޢަދަދު:

01 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

ރަސްދޫ ޕްރީސްކޫލް

ގިންތި

ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން

އެކަޑަމިކް

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަށް:

ނާސަރީ، ބ. ނާސަރި ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާ ގޮތުގެމަތިން ކުލާސްތަކުގައި ކިޔަވައިދީ، ކަނޑައެޅިފައިވާ މުޤައްރަރު ދަރިވަރުންނަށް ޙާޞިލްކޮށްދިނުން. އަދި ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތައް ކުރުން.   

މަގާމުގެ ޝަރުޠުތައް:

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޕްރީސްކޫލް އެސިސްޓެންޓް ޓީޗަރ

GS1

ޕްރީސްކޫލް ޓީޗަރ 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތު ކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން ޑީފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

-/3565

-/1500

ޕްރީސްކޫލް ޓީޗަރ

GS2

ޕްރީސްކޫލް ޓީޗަރ 2

ޕްރީސްކޫލް ޓީޗިންގ ދާއިރައިން، ސެޓްފިކެޓް 2 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/4000

-/1500

ޕްރީސްކޫލް ޓީޗަރ

GS3

ޕްރީސްކޫލް ޓީޗަރ 3

ޕްރީސްކޫލް ޓީޗިންގ ދާއިރައިން، ނުވަތަ އާއިލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓްއިން ސެޓްފިކެޓް 3 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/4465

-/1500

ޕްރީސްކޫލް ޓީޗަރ

GS4

ޕްރީސްކޫލް ޓީޗަރ 4

ޕްރީސްކޫލް ޓީޗިންގ ދާއިރައިން، ނުވަތަ އާއިލީ ޗައިލްޑްހުޑް ޑިވެލޮޕްމެންޓްއިން ސެޓްފިކެޓް 4 ލެވެލްގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ސެޓްފިކެޓް 4 ގެސަނަދެއް ހާސިލްކޮށްފައިވުން.

-/5020

-/2500

 

 

 

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ
  3. 3.      ލިބިފައިވާ ހުނަރު

 

އިންޓަރވިއު ކުރުން:

  • މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނެ ތަނާއި އިންޓަރވިއު ބޭއްވޭނެ ތާރީޚް މި ވަޒީފާއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް ވަގުތު އޮއްވައި އެންގޭނެއެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 މީހުނަށްވުރެ އިތުރުވެއްޖެނަމަ ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޔެވެ.

 

މަގާމަށް އެދެންވީ ގޮތާއި ސުންގަނޑި:

  • މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ޕްރީސްކޫލް  ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2018 ޖަނަވަރީ 02 ވާ އަން ދުވަހުގެ، މެންދުރު ފަހު 1:00 އެވެ. ފޯމު ހުށަހަޅާނީ، އއ.ރަސްދޫ ކައުންސިލް އިދާރާގައި ހުންނަ ޕްރީސްކޫލްގެ އިދާރީ ޑެސްކަށެވެ.

 

އުޖޫރަ އާއި އިނާޔަތްތައް:

  • މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

 

  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭފަރަތުގެ ދިވެހި ރައްޔިތެއްކަން އަންދައިދޭ  ކާޑުގެ ދެފުއްފެންނާނޭ، ލިޔެވިފައިވާ ލިޔުންތަށް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ނަންބަރާއެކު)

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660714 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ. ފެކްސް ނަންބަރަކީ،6660714 އެވެ.

17 ޑިސެންބަރު 2017
ހޯދާ