ދިވެހިރާއްޖެ
އިއުލާން
މިސްކޫލުގެ ހަތަރު ފާހާނަ އަމިއްލަ ތަކެތީގައި މަރާމާތުކުރުން
މިސްކޫލުގެ GS103/IUL/2017/19 ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެއިއުލާނު ބާތިލްކޮށް އަލުން އިއުލާނު ކުރަމެވެ.
މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ހަތަރު ފާހާނަ އަމިއްލަ ތަކެތީގައި މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިސްކޫލުން ދެއްވާ މައުލޫމާތާއި އެއްގޮތަށް މިސްކޫލުގެ ހަތަރު ފާހާނަ އަމިއްލަ ތަކެތީގައި މަރާމާތު ކޮއްދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ދެވެންނެތްވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއިއެކު ކުންފުނި/ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އައި.ޑީ.ކާރޑް ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަމްބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
30 ރަބީޢުލްއައްވަލް 1439
18 ޑިސެމްބަރ 2017