ދިވެހިރާއްޖެ
އިޢުލާނު
2018 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ ނަންބަރު: GS-154/2017/08 (ނޮވެމްބަރ 6، 2017) އިޢުލާނަށް އެކަށީގެންގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން 2018 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 13:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ނުވަތަ ޤާނޫނު ނަންބަރު: 2014/19 އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާއްތަކަށެވެ. އަދި މި މަސައްކަތުގެ މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މި ބައްދަލުވުމަށް ހާޒިރުވާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.
30 ރަބީއުލްއައްވަލް 1439