ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
(އެލްކޭޖީ، ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުން

 

GS01/2017/54

ނަންބަރު:

އިއުލާން

18 ޑިސެމްބަރ 2017

ތާރީޚް:


އަންދާސީ ހިސާބު ބޭނުންވެއްޖެ

މި ސްކޫލްގެ 2018 ވަނަ އަހަރުގެ ފައުންޑޭޝަން ލެވެލް (އެލްކޭޖީ، ޔޫކޭޖީ) ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި އިއުލާން ނަންބަރ:GS01/2017/51 އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައިނުވާތީވެ، އެއިއުލާން ބާތިލްކޮށް އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި އަލުން އެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި އެވާ ތާރީޚުގައި ބ.އަތޮޅު ތައުލީމީ މަރުކަޒަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރުން އޮންނާނީ މިސްކޫލުގެ މީޓިންރޫމްގައެވެ. އަދި ފޯނުން މައުލޫމާތު ދިނުން ހަމަޖެހިފައިނުވާ ވާހަކަ ދަންނަވަމެވެ.

    

މައުލޫމާތު ދިނުން

އަންދާސީ ހިސާބު ހުށައެޅުން

28 ޑިސެމްބަރ 2017 (ބުރާސްފަތި) 10:00ގައި

31 ޑިސެމްބަރ 2017 (އާދީއްތަ) 10:00ގައި

މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކީ އެފަރާތަކުން ފޮނުވާ މީހެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއެއް ހުށައަޅަން ޖެހޭނެއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ޖީ.އެސް.ޓީ ރެޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

މިފަދަ ލިޔުމެއްނެތި ހުށައަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތަކާއި، އީމެއިލް ފެކްސްގެ ޒަރީއާއިން ފޮނުވާ އަންދާސީ ހިސާބުތަށް ބަލައިނުގަންނާނެކަމާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަވެސް ދެންނެވީމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޖީ. އެސް. ޓީ އަށްރަޖިސްޓްރީވެފައިވާ ފަރާތްކުން އެކަނި ކަމުގައިވެސް ދެންނެވީމެވެ.

މަސައްކަތު އަގު %90

މުއްދަތު

18 ޑިސެންބަރު 2017
ހޯދާ