ދިވެހިރާއްޖެ
2018 ވަނަ އަހަރަށް ޕްރީސްކޫލް ކުދިންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުމާބެހޭ:
2018 ވަނަ އަހަރު މި ސްކޫލުގެ އެލް. ކޭ. ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ގަންނަން ބޭނުންވެގެން ކުރި ނަންބަރ: GS-72/IUL/2017/20 ގުޅިގެން ހުށައަޅުއްވާފައިވާ އަންދާސީ ހިސާބާއި އެކު ހުށައަޅަންޖެހޭ ލިޔުންތައް ހަމަނުވުމުގެ ސަބަބުން ބިޑްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 8:00 އިން 14:00 އަށް 6528041 ނަންބަރު ފޯނަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން |
2017 ޑިސެމްބަރ 21 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް |
2017 ޑިސެމްބަރ 27 ވާ ބުދަ ދުވަހުގެ 13:00 އަށް |
18 ޑިސެމްބަރ 2017