ދިވެހިރާއްޖެ
ގާފަރު ސްކޫލް
ކ.ގާފަރު ނަމްބަރު: GS147-C/2017/15
ގެއެއް ކުއްޔަށް ހިފަން
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:
2018 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު ނަންބަރު GS147-C/2017/11 އިޢުލާން އާއި ގުޅިގެން އެކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅި ފަރާތުން، އެފަރާތުގެ އަންދާސީ ހިސާބު ބާތިލު ކޮށްފައިވާތީ، އެ އިއުލާން ބާތިލުކޮށް އަލުން 2018ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން އިޢުލާން ކުރަމެވެ.
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
19 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:00 |
25 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 10:00 |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ވެސް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
29 ރަބީއުލްއައްވަލު 1439