މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުމާއި ބެހޭ ގޮތުން ކުރި އިޢުލާނަށް ގެނެވޭ އިސްލާހު

އިޢުލާނުގެ އިސްލާހު

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުމާއި ބެހޭ ގޮތުން ކުރި އިޢުލާނަށް ގެނެވޭ އިސްލާހު

މި މިނިސްޓްރީ އިން 12 ޑިސެންބަރު 2017 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)438-CCD/438/2017/245) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

ހަވާލާދީފައިވާ އިޢުލާނުގައި ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން ބީލަން ހުޅުވާނެ ދުވަސް ތިރީގައި ބަޔާން ކޮށްފައިވާ ގޮތަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުޅުވާ ދުވަހަށް ގެނެވުނު ބަދަލު

ބީލަން ހުޅުވުމުގެ ތާރީހު ބަދަލުވެފައިވަނީ 21 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 21 ޑިސެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018341 960+ ފެކްސް: 3018301 960+

17 ޑިސެންބަރު 2017
ހޯދާ