ދިވެހިރާއްޖެ
2018 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރެވުނު ނަމްބަރ GS47/2017/41 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން ތިން ފަރާތުން ހާޟިރުވެފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިކަން ކުރަން އެދޭ ފަރާތްތަކުން 24 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހު 11:00 ށް ސްކޫލް އޮފީހަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 ށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
29 ރަބީއުލްއައްވަލް 1439
17 ޑިސެމްބަރ 2017