ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ
މިސްކޫލްގެ އިއުލާން ނަންބަރ GS56/2017/38 ގެ އިއުލާނަށް އެކަށީގެންވާ ވަރަށް އަގު ހުށައަޅައިފައި ނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މި ސްކޫލްގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް (01 ޖެނުއަރީ 2018 އިން 31 ޑިސެމްބަރ 2018 އަށް) ބަލަހައްޓައިދޭނެފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 24 ވާ އާދީއްތަ ދުވަހުގެ 11:00 ށް ސްކޫލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތަށް ކުރިމަތިލެއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2017) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނު (ގާނޫނު ނަންބަރ 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
29 ރަބީއުލްއައްވަލް 1439