ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓީ.ވީ.އެމް އެންޓަނާ ބުޑު އެޅުމާގުޅޭ

           މިއިދާރާގެ ނަމްބަރ: IUL)383/383/2017/79) އިޢުލާނާއި ގުޅިގެން ބިޑުހުށަހަޅަށް ހާޞިރުވީ 2 ފަރާތުން ކަމަށްވާތީވެ އެއިޢުލާން ބާޠިލްކޮށް މިރަށުގައި ޓީ.ވީ.އެމް ގެ ޚިދުމަތް  ދިނުމަށްޓަކައި  މިއިދާރާއިން ދޭ  ކުރެހުމަކާއި  އެއްގޮތަށް އެންޓަނަރ ބުޑު އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

           މިމަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތުދިނުން 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ކެނޑުން 2017 ޑިސެމްބަރ 28 ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމްގައި އޮންނާނެއެވެ.                   

           މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާފަރާތެއްނަމަ ވެރިފަރާތުގެ ޞައްޙަ ސިޓީއަކާއިއެކު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ސާފުކޮޕީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ޑިސެންބަރު 2017
ހޯދާ