ދިވެހިރާއްޖެ
ނަންބަރ:FNK-K(T)/FNK/IUL/2017/190
އިޢުލާން
600 ކިލޯ ވޯޓްގެ ޖަނަރޭޓަރ ސެޓްއެއް ގަތުމާއި ގުޅޭ:
މިކުންފުންޏަށް މި ޢިޢުލާންއާއި އެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް 600 ކިލޯ ވޯޓްގެ 01 (އެކެއް) ޖަނެރޭޓަރ ސެޓް ގަންނަން ބޭނުންވެއެވެ.
ހުށަހަޅަންވީ ތަކެތި:
- މިތަކެތި ސަޕްލައިކޮށްދެވޭނެ އަގު: ލިސްޓްގައިވާ ހުރިހާ ތަކެއްޗަށް އަގު ހުށަހަޅުއްވަންވާނެއެވެ. ޖީ.އެސް.ޓީއަށްވާ ޖުމްލަ އަދަދު، އަދި އިތުރު ހަރަދުތައް އިންނަންވާނީ ވަކިން އިނގޭނެހެންނެވެ.
- ސަޕްލައިކޮށްދެވޭނެ މުއްދަތު: މުއްދަތު ހުށަހަޅަންވާނީ ދުވަހުންނެވެ.
- ކުންފުނީގެ މަޢުލޫމާތު )ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓަރީ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު)
- ސަޕްލައި ކުރާ ޖަނަރޭޓަރގެ ޓެކްނިކަލް ސްޕެސިފިކޭޝަން
- ސެޓްފިކެޓް އޮފް އޮތެންޓިސިޓީ) :ޕްރޮޕޯސަލް އާއިއެކު އޮރިޖިނަލް ސެޓްފިކެޓްގެ ކޮފީ ހުށައަޅަންވާނެއެވެ. ނަމަވެސް ސެޓްފިކެޓްގެ އޮރިޖިނަލް އެގްރީމަންޓްގައި ސޮއިކުރައްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ.(
އަންދާސީހިސާބުގައި ޕޮއިންޓްދެވޭ ގޮތް:
- އަގު: 60 ޕޮއިންޓް
(ހުށަހެޅޭ އެންމެހެޔޮ އަގު / ހުށަހެޅި އަގު) × 60
- ސެޓްފިކެޓް އޮފް އޮތެންޓިސިޓީ: 05 ޕޮއިންޓް (ޕްރޮޕޯސަލް އާއިއެކު އޮރިޖިނަލް ސެޓްފިކެޓްގެ ކޮފީ ހުށައަޅަންވާނެއެވެ. ނަމަވެސް ސެޓްފިކެޓްގެ އޮރިޖިނަލް އެގްރީމަންޓްގައި ސޮއިކުރައްވަން ވަޑައިގަންނަވާއިރު ގެންނަވަން ވާނެއެވެ.)
- ޓެކްނިކަލް ކޮމްޕޯނެންޓް: 10 ޕޮއިންޓް (ޓެކްނިކަލް އިވަލުއޭޓް ކުރެވޭނީ ކުންފުނީގެ ރިކުއަމެންޓް އާއި އެއްގޮތަށެވެ)
- ތަކެތި ފޯރުކޮށްދެވޭނެ މުއްދަތު (ދުވަސް): 25 ޕޮއިންޓް
(ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު) × 2
އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ
މެނޭޖިންގ ޑިރެކްޓަރ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
އިޢުލާން ނަންބަރ:FNK-K(T)/FNK/IUL/2017/190
ޕޯރޓް ކޮމްޕްލެކްސް، 7ވަނަ ފަންގިފިލާ
ހިލާލީމަގު، މާފަންނު
މާލެ
ބިޑް ހުޅުވުމަށް ހަމަޖެހިފައި ވަނީ 26 ޑިސެމްބަރ ވާ އަންގާރ ދުވަހުގެ 11:00 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އޮފީހުގެ ޖަލްސާ ކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 ޑިސެމްބަރ ވާ އަންގާރ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާޠިލުކުރުމުގެ އިޙްތިޔާރުވެސް މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި 3018124 ނުވަތަ 3018260 ނަންބަރު ފޯނު މެދުވެރިކޮށް ޓެންޑަރ އެންޑް ފޮރިން ޕަރޗޭސް ސެކްޝަނަށެވެ. ނުވަތަ [email protected] އަށް އީމެއިލްގެ ޒަރިއްޔާއިންނެވެ.
