ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓުސޯސް ކުރުމާގުޅޭ

 

 

   މި މަދަރުސާގެ ނަންބަރ:GS-31/IUL/2017/17 ތާރީޙް 26 އޮކްޓޫބަރ 2017 ގެ އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް ފުރިހަމަ ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

 

   2018 ޖެނުއަރީ 01 ން 2018 ޑިސެމްބަރ 31 ގެ ނިޔަލަށް މި މަދަރުސާގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހުގެ 14:00 ގައި އޮންނާނެއެވެ. އަދި 2017 ޑިސެމްބަރ 25 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މަދަރުސާގެ އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ.

 

   މަޢުލޫމާތު ސާފްކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. އަދި މިކަމަށް ކުރިމަތި ލެވޭނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.         

26  ރަބީޢުލްއައްވަލް  1439

14   ޑިސެމްބަރ    2017

14 ޑިސެންބަރު 2017
ހޯދާ