ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެކައުންޓްސް އެސިސްޓަންޓް


                                                     

ވަޒީފާގެ ފުރުޞަތު                       ނަންބަރު: TCL-HR/IUL/17/19

މަޤާމު:   އެކައުންޓް އެސިސްޓަންޓް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި އޮފީސް

ސެކްޝަން: ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

މަޤާމުގެ ޝަރުޠު:

1. އޭ.ސީ.ސީ.އޭ ޑިޕްލޮމާ އިން އެކައުންޓިންގ ފުރިހަމަ ކޮށްފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތްކުރަން އެނގުން.

3. މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

4. ތިލަފުށީގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

  1.  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ފައިސާ ބަލައިގަތުން.
  2. މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސްގެ އިރުޝާދާއި އެންގުންތަކުގެ މަތީން ފައިސާބަލައިގަތުމުގެ ކަންކަން ހިންގުން.
  3. ފައިސާއާއި ބެހޭ ލިޔެ ކިޔުންތައް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ފައިލްކޮށް ބެލެހެއްޓުން.
  4. މެނޭޖްމަންޓުން އިތުރު މަސައްކަތްތަކެއް ހަވާލުކޮށްފިނަމަ އެމަސައްކަތެއްގައި ބައިވެރިވުން.
  5. ދިވެހި އަދި އިނގިރޭސި ބަހުން ރީތިކޮށް އަދި ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.
  6. ފަރިތަކަމާއިއެކު ކޮމްޕިއުޓަރ އިން ދިވެހި ޓައިޕްކުރަން އެނގުން.

 

 

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ:އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއިއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

  1. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  2. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. 4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. 5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  5. 6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

14 ޑިސެމްބަރ 2017

 

14 ޑިސެންބަރު 2017
ހޯދާ