ދިވެހިރާއްޖެ
ނަންބަރ: (IUL)GS80/2017/16
އިޢުލާން
ހޯލު އިމާރާތުގެ 3 ކުލާސްރޫމްގެ ޕާޓިޝަން ޖެހުން
މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގެ ހޯލު އިމާރާތުގެ 3 ކުލާސްރޫމްގެ ޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު (IUL)GS80/2017/15) އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކޮށްފައިނުވާތީ، މި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި މި އުލިގަމު ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2017 ޑިސެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 13:00 ގައި މި ސްކޫލްގައެވެ.
މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ.
25 ރަބީޢުލްއައްވަލް 1439
13 ޑިސެމްބަރ 2017