ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފު
ދިވެހިރާއްޖެ
ޕްރޮޖެކުޓް މެނޭޖަރ (ކޮންޓްރެކްޓް)

އިޢުލާން

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: IUL)433-AFI/433/2017/07) 

ތާރީޚު: 13 ޑިސެންބަރު 2017

 

މަޤާމް

ޕްރޮޖެކުޓް މެނޭޖަރ ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު 10,000  ރުފިޔާ

ސްޕެސިއަލް އެލަވެންސް

މަހަކު 2,000  ރުފިޔާ

ސެކްޝަން/ޔުނިޓް/ތަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން، އަދި ރެކޯޑް މެނޭޖްމެންޓް ސެކްޝަން

މަގާމުގެ މަސްޢޫލިއްޔަތު

- ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނުގެ 6 ވަނަ މާއްދާއިން ޤައުމީ އަރުޝީފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު ޢަދާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުން ކަނޑައަޅާ އާރކައިވްސް، ޕްރިޒަރވޭޝަން، ޑިޖިޓަލައިޒޭޝަން، އެޑްމިނިސްޓްރޭޓިވް، ޕްރޮކިއުމެންޓް އަދި މިނޫނަސް އެވަގުތަކަށް ކޮންމެހެން ކުރަންޖެހިގެން ޤައުމީ އަރުޝީފުން ކަނޑައަޅާ މަސައްކަތްތައް ކުރުން.

- އޮފީސް އިމާރާތް ބަދަލުކުރުމާއި ގުޅިގެން އެއްތަނުން އަނެއްތަނަށް ތަކެތި އުފުލުމުގެ މަސައްކަތް ކުރުން.

- ޤައުމީ އަރުޝީފަށް ލިބިފައި ހުރި ދުވަސްވީ ފަތްފުއްތަކާއި ފަތްކޮޅުތަކާއި ލިޔެކިޔުންތަކުގެ ހިރަފުސްފޮޅާ ސާފުކޮށް އެތަކެތި ކަނޑައެޅިފައިވާ އުސޫލުން ތަރުތީބުކޮށް ފައިލިންގ ރެކްތަކުގައި ޖެހުން.

- އާކައިވްސް ކުރުމަށް ހަމަޖެހިފައިވާ ލިޔެކިޔުންތައް ޝޯޓްއައުޓް ކުރުން.

- އާރކައިވް ކުރަންޖެހޭ ތަކެތި ޑިޖިޓަލައިޒް ކުރުމަށް ސްކޭންކޮށް ސޭވް ކުރުން.

- ރެކޯޑްތައް ތަރުތީބުކުރުމާއި، ސްޓޯރޭޖްގެ ކަންތައް ބެލެހެއްޓުމާއި، ފޯރމެޓްތައް ޤާއިމްކޮށް ބެލެހެއްޓުން.

- އާކައިވްގެ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ބެލެހެއްޓުމާއި އޮފީހުގެ މެއިންޓަނަންސްގެ މަސައްކަތްތައް ކުރުން.

- ޤައުމީ އަރުޝީފު ޕްރޮމޯޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބާރުލުން އިތުރުކުރުން

- ޤައުމީ އަރުޝީފުގެ ވެރިންގެ ލަފަޔާއި މަޝްވަރާގެ މަތިން އޮފީހުން ހިންގަންޖެހޭ ޕްރޮޖެކްޓްތަކަށް ބޭނުންވާ މައުލޫމާތު އެއްކޮށް އެފަދަ ޕްރޮޖެކްޓްތައް ޑިޒައިންކޮށް ވެރިންގެ އިރުޝާދުގެ ދަށުން ޕްރޮޖެކްތައް ހިންގުން.

- ގައުމީ އަރުޝީފުގެ ތަރައްޤީއަށް ބޭނުންވާ ޕްރޮޖެކްޓްތައް އެކުލަވައި ހުށައަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

- އޮފީހަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް ބޭރުގެ އެހީ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

- ސްޕެސަލް ޕްރޮޖެކްޓްތަކާއި، ޓާސްކްތަކުގައި މަސައްކަތްކުރުން.

- ސެކްޝަން/ޑިވިޜަން/ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމާއި ޗުއްޓީގައި ނުވަތަ ސަލާމުގައިތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހަވާލުކުރުމުން އެފަދަ މަސައްކަތްތައް ކުރުން.

މަގާމުގެ ޝަރުތު

  1. ސާނަވީ ތަޢުލީމުގެ ފެންވަރުހުރުން.   

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

- ތެދުވެރިކަމާއި، ފަރުވާތެރިކަމާއެކު ރަނގަޅަށް މުޢާމަލާތް ކުރުމުގެ ހުނަރާއި މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން.

- ވިސްނުންތޫނުކަމާއެކު ޕްރެޝަރގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

- އޮޕަރޭޝަނަލް މަސައްކަތްތައް ރާވާހިންގުމުގެ ލަޔާގަތާ ޤާބިލިއްޔަތު ހުރުން.

- ޕަބުލިކްރިލޭޝަންސްގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށްބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

4- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %30 އަށްވުރެމަތިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުން ލިބެން ހުންނާއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހަންޖެހޭ ފަދަ ސެޓްފިކެޓްތަކުގައި ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

ސުންގަޑި

18 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 14:00 އަށް.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ދެހަފުތާގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3010966/3010930 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށައަޅުއްވާނީ ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ އިދާރީ ބަޔަށެވެ. ވަޒީފާއަށް އެދޭ ފޯމު ޤަޢުމީ  އަރުޝީފުގެ އިދާރީ ބައިންނާއި (މ. ވައިނުޖެހޭގެ 1 ގެ 03 ވަނަ ފަންގިފިލާ)، ރެކޯޑް މެނޭޖްމެންޓް ސެކްޝަން (ޤައުމީ ދާރުލްއާސާރު ޢިމާރާތުގެ 02 ވަނަ ފަންގިފިލާ) އިން ލިބެން ހުންނާއެވެ. ނޯޓް: މިވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަޖުރިބާއަށް ބަލައި ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

13 ޑިސެންބަރު 2017
ހޯދާ