ދިވެހިރާއްޖެ
ނަންބަރ:FNK-K(T)/FNK/IUL/2017/183
އިޢުލާން
ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 1 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ ނުނިމި ހުރި މަސައްކަތާއި ގުޅޭ
މި ކުންފުނިން ދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 1 ވަނަ ފަންގިފިލާ މަރާމާތު ކުރުމުގެ މަސައްކަތުގެ ނުނިމި ހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 18 ވާ ހޯމަ ދުވަހު 14:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހު 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ގައެވެ.
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
25 ރަބީޢުލްއައްވަލް 1439
13 ޑިސެމްބަރ 2017
