ފިނޭ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

   c

 

 

ފިނޭސްކޫލް

 ހދ.ފިނޭ، ދިވެހިރާއްޖެ                

                                                        ނަންބަރު:(iu)GS99/2017/23

 

އިޢުލާން

 

ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

 

 

2018 ވަނަ އަހަރުގެ ޖެނުއަރީ 1 ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުން އޮންނާނީ މިސްކޫލްގައެވެ.

މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި ތިރީގައި މިދަންނަވަނީއެވެ.

ގަޑި

ދުވަސް

ތާރީހް

ތަފްސީލް

11:00

އަންގާރަ

19 ޑިސެމްބަރ 2017

މައުލޫމާތު ސާފުކުރުން

11:00

އަންގާރަ

26 ޑިސެމްބަރ 2017

އަންދާސީ ހިސާބު ހުށައެޅުއްވުން

މައުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެފަރާތަކީ ކާކުކަން ބަޔާންކޮށް އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށައަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ އައިޑީކާޑް ގެންނަންވާނެއެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

                  13 ޑިސެމްބަރ 2017

                                                          އަންވަރު މުހައްމަދު

                                                            ހެޑް އޮފް ސުކޫލް

13 ޑިސެންބަރު 2017
ހޯދާ