ދިވެހިރާއްޖެ
މިސްކޫލުން ދައްކާ ނަމޫނާ އާއި އެއްގޮތަށް ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް މިސްކޫލުން ކުރި GS50/IUL/2017/20 (21 ނޮވެމްބަރ 2017) ނަންބަރު އިއުލާނާއި ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ޙާޟިރުވެފައިނުވާތީ އެއިއުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތަން |
ތާރީޚާއި ގަޑި |
މަޢުލޫމާތު ދިނުން |
ޝަމްސުއްދީން ސްކޫލް |
17 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހު 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުން |
ޝަމްސުއްދީން ސްކޫލް |
21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހު 11:00 ގައި |
މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.