ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިމިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ ފެނާއި ނަރުދަމާ ޕްރޮޖެކްޓްތަކުގެ ވީޑިޔޯ ޕްރެޒެންޓޭޝަންތަކެއް ހެދުމަށް ބޭނުންވެއެވެ. ވީމާ، ތިރީގައި މިދަންނަވާ ރަށްތަކުގެ ވީޑިޔޯ ޕްރެޒެންޓޭޝަން ހެދުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ.
| 
 1  | 
 ތ. މަޑިފުށީ ނަރުދަމާ ނިޒާމް  | 
| 
 2  | 
 ތ. ބުރުނީ ނަރުދަމާ ނިޒާމް  | 
| 
 3  | 
 ތ. ދިޔަމިގިލި ނަރުދަމާ ނިޒާމް  | 
މި މަސައްކަތުގެ "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަށްޖެހޭ ތަކެތި:
- މަސައްކަތްކޮށްދޭ އަގުގެ ޕްރޮޕޯސަލް (ފައިނޭންޝަލް)
 
- ޖީއެސްޓީއަށް ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުން ނުވަތަ ސެޓްފިކެޓް ގެ ކޮޕީ.
 - އަމިއްލަ ފަރާތެއްނަމަ އައިޑީ ކާޑުގެ ކޮޕީ / ކުންފުންނެއްނަމަ ރަޖިސްޓްރީގެ ކޮޕީ.
 
- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް / އަމިއްލަ ފަރާތެއްނަމަ އެފަރާތެއްގެ ތަޖްރިބާ.
 - ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ
 
އިވެލުއޭޝަން ކްރައިޓިރިޔާ:
- އަގު 80 މާރކްސް
 - ތަޖުރިބާ 20 މާރކްސް (މަސައްކަތުގެ ތަޖްރިބާގެ ގޮތުގައި ބެލެވޭނީ 2010 ޖެނުއަރީ އިން ބިޑު ހުށައަޅާ ދުވަހުގެ ނިޔަލަށް ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިއުމަށެވެ. ކޮށްފައިވާ ކޮންމެ މަސައްކަތަކަށް 5 މާރކްސްގެ އުސޫލުން ގިނަވެގެން 20 މާކްސް)
 - މަދުވެގެން ތަޖުރިބާގެ ގޮތުގައި އެއް މަސައްކަތް ކޮށްފައި ހުންނަން ޖެހޭނެއެވެ.
 
ބީލަން ހުޅުވުން
ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޑިސެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"ޕްރޮޕޯސަލް" އޮންނަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޙާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv
