ދިވެހިރާއްޖެ
ނަންބަރު:(IUL)313-F/313/2017/116
އިޢުލާން
ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.
- މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
- މަޤާމް ނަންބަރު: J-222286
- ބޭނުންވާ ޢަދަދު: 01 ( އެކެއް )
- މަޤާމްގެ ގިންތި: ދާއިމީ
- މަޤާމްގެ ރޭންކް: ޖޭ. އެސް. 3
- މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1
- ސެކްޝަން: ކޯޕަރޭޓް އެފެއާޒް
- މަޤާމް އޮތް އޮފީސް: މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
- ވަޒީފާ އަދާކުރަންޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
- މުސާރަ: މަހަކު -/4465 ރުފިޔާ
- ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ
- އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުޥައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއި އަދި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:
- ކައުންސިލްހުޅުވާ ލެއްޕުމުގައި އިސްވެހުރުން.
- މުޥައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން.
- ކައުންސިލްގެ ލިޔެކިޔުމާބެހޭ ފޮތްތަކާ ލިޔުންތައް ބެލެހެއްޓުން.
- އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖް، ރިޕޯރޓް ފަދަ ލިޔުން ތައްޔާރުކޮށް ފޮނުވުން.
- އެކިއެކި ފަރާތްތަކަށް ދޭންޖެހޭ ޖަވާބުތައް ހޯދާ، އެފަރާތްތަކަށް ޖަވާބު ރައްދުކުރުން.
- ފައިސާގެ ހިސާބުތައް ވެރިން އަންގާ ގޮތެއްގެމަތިން ލިޔެ ބެލެހެއްޓުން.
- ކައުންސިލުން ބާއްވަންޖެހޭ ބައްދަލްވުންތަކާއި، ޖަލްސާތަކާބެހޭ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުން.
- ދަޥްލަތުގެ ސިއްރު ފާޅުނުކުރުމާއި ކައުންސިލާބެހޭ އެއްވެސް ވާހަކައެއް ދާއިރާއިން ބޭރުގައި ނުދެއްކުން.
- އިޖްތިމާޢީ ކަންކަމުގަ އާއި ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިވެ އުޅުން.
- ކައުންސިލަށް ލިބޭ ހުރިހާ ފައިސާއެއް ބަލައިގަނެ ރަސީދު ހެދުމާއި ދުވަހުފޮތްތަކާއި މިނޫންވެސް ފައިސާއާބެހޭ ފޮތްތަކަށް ޤަވަޢިދުން ހިސާބުތައް އެރުވުން.
- މުޥައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އެހެނިހެން އެލަވަންސް ކޮންމެ މަހެއްގެ އެންމެ ފަހުދުވަހު މުޥައްޒަފުންނާ ޙަވާލުކުރުން.
- އޮފީހުގެ ފައިސާއާބެހޭ ފޮތްތައް ސަރުކާރުގެ މުދަލާއިފައިސާ ބެލެހެއްޓުމަށް ހަމަޖެހިފައިވާ ޤަވާޢިދުން ތައްޔާރުކޮށް ބެލެހެއްޓުން.
- ކޮންމެ މަހެއްގެވެސް މުސާރަ ދިނުމުގެ ކުރިން ޙާޟިރީ ރިޕޯޓް ހެދުމާއި ޤަވަޢިދުން ފުރިހަމަކުރަންޖެހޭ އެހެނިހެން ލިޔުންތައްލިޔެ ފުރިހަމަކުރުން.
- ކޮންމެ އަހަރެއްގެވެސް ޖުލައިމަސް ނިމުމުގެކުރިން ޖެހިގެންއޮންނަ އަހަރުގެ ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް އަތޮޅުކައުންސިލަށް ފޮނުވުން.
- ކައުންސިލްގެ ބޭނުމަށް ހޯދަންޖެހޭ އެންމެހާ ތަކެތި ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ހޯދާ އެތަކެތީގެބިލް ޤަވާޢިދުން އަދާކުރުން.
- ކޮންމެ މަހެއްގެ 15 ގެ ކުރިން އަތޮޅުކައުންސިލަށް ފައިސާގެ ރިޕޯޓްތައް ފޮނުވުން.
- ކޮންމެމަހެއްގެ ނިމުމުގެކުރިން ޖެހިގެންއޮތް މަހަށް މުޥައްޒަފުންގެ ޙާޟިރީފޮތް ތައްޔާރުކޮށްފައި އޮތްތޯ ބެލުން.
- މީގެ އިތުރުން ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން ކައުންސިލްގެ މަސައްކަތްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:
- ބަޖެޓް އެންޑް ފައިނޭންސް،އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03 ގެ ސަނަދެއްހާސިލްކޮށްފައިވުމާއިއެކު، ބަޖެޓް އެންޑް ފައިނޭންސް ، އެޑްމިނިސްޓްރޭޝަންއެންޑްމެނޭޖްމަންޓް،އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ދާއިރާއެއްގައި 02 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
- ތަޢުލީމާއި ތަމްރީނު- ލިބިފައިވާ އިތުރު ތަޢުލީމް ( ކަނއެޅިފައިވާ އިންސައްތަ %60 ) އަދި ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީންތައް ( ކަނޑައެޅިފައިވާ އިންސައްތަ: %30 )
- އިމްތިޙާން: '' ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން '' ( ކަނޑައެޅިފައިވާ އިންސައްތަ )
- މަސައްކަތުގެ ތަޖްރިބާ– ވަޒީފާއާއި ގުޅުންހުރި ތަޖްރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : %23 ) އަދި އެހެނިހެން ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ : )
- ލިބިފައިވާ ހުނަރު- އިންޓަރވިއު / ޕްރެކްޓިކަލްސް ( ކަނޑައެޅިފައިވާ އިންސައްތަ :0 )
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަ ވަޒީފާއަދާކުރިމުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށްއެދޭ ފޯމު މާޅޮސްމަޑުލުދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ވެބްސައިޓުން މިފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ޑިސެމްބަރ 2017 އާއި 27 ޑިސެމްބަރ 2017 އާއި ދެމެދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ ނުވަތަ އިދާރާ ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މިވަޒީފާއަށްއެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށްބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސަތަ:
% 30 ( ތިރީސް އިންސަތައެވެ. )
|
|
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600039 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.