މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޤާނޫނެއް ޑްރާފްޓްކުރުން

މިމިނިސްޓްރީއާއި އ.ދ.ގެ ތިމާވެށި ޖަމްޢިއްޔާ ގުޅިގެން ހިންގޭ ޕްރޮގްރާމެއްގެ ދަށުން "މޫސުމަށް އަންނަ ބަދަލުތަކާ ޤާނޫނެއް" ތައްޔާރު ކުރާނެ ފަރާތެއް ހޯދުމަށް 27 ނުވެންބަރ 2017 ގައި ކުރެވުނު ނަންބަރު IUL)438-CCD/438/2017/237) އިޢުލާނަށް އެދެވިގެންވާ އަންދާޒީ ހިސާބު ނުލިބުމުގެ ސަބަބުން، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

ބީލަން ހުޅުވުން

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ޑިސެންބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި މި މަސައްކަތަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީ އުރައެއްގައި ބަންދުކޮށް ތިރީގައިވާގޮތަށް ޖެއްސެވުމަށްފަހު 20 ޑިސެންބަރު 2017 ވާ ބުދަ ދުވަހުގެ 13:00 ގައި ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ވާނީ ތިރީގައި މިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018341 960+ ފެކްސް: 3018301 960+

 

12 ޑިސެންބަރު 2017
ހޯދާ