ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: TCL/PROC-TA/2017/036
ތިލަފުށީގައި އިޝްތިހާރު ކުރުމުގެ ފުރުޞަތު ހުޅުވާލުމަށްޓަކައި ބިލްބޯޑް ސްޕޭސް ލީސް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުން ވެގެން ކުރެވުނު އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑްގައި ރަޖިސްޓްރީ ކޮށްފައި ނުވާތީވެ އިޢުލާން ނަމްބަރު (TCL/PROC-TA/2017/034) ބާޠިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ދަޢުވަތު އަރުވަމެވެ.
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރި ވުމަށް ރަޖިސްޓްރީ ކުރުން |
ޓީސީއެލް ހެޑް އޮފީސް |
- |
12 ޑިސެމްބަރ 2017 އިން 19 ޑިސެމްބަރ 2017 އަށް |
09:00 އިން 15:00 އަށް |
ބީލަން ފޮތް ދޫކުރުން |
ޓީސީއެލް ހެޑް އޮފީސް |
ބުރާސްފަތި |
21 ޑިސެމްބަރ 2017 |
13:30 އިން ފެށިގެން |
ޕްރީ ބިޑް މީޓިންގ |
ޓީސީއެލް ހެޑް އޮފީސް |
އާދީއްތަ |
24 ޑިސެމްބަރ 2017 |
10:30 ގައި |
ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން |
ޓީސީއެލް ހެޑް އޮފީސް |
ބުދަ |
27 ޑިސެމްބަރ 2017 |
13:30 ގައި |
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ހުށަހަޅައިފައިވާ ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 90 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. މިކަމަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މިކޯޕަރޭޝަންގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަންއަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
12 ޑިސެމްބަރ 2017
24 ރަބީޢުލްއައްވަލް 1439
Fen Building/ 4th floor ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ
Ameenee Magu, Male’, Republic of Maldives އަމީނީމަގު، މާލެ، ދިވެހިރާއްޖެ
Tel: 3307513 Fax: 3307514 ފޯން: 3307513،3307515 ފެކްސް: 3307514