ދިވެހިރާއްޖެ
g
މުންޑޫ ސުކޫލް
ލ. މުންޑޫ
ދިވެހި ރާއްޖެ
ނަންބަރ:GS-188/IL/2017/20
އިޢްލާން |
މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ
މިސްކޫލުން ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭގޮތުން ކޮށްފައިވާ ނަންބަރ GS-188/IL/2017/18 ( 6 ޑިސެމްބަރ 2017) އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވާފައިނުވާތީ، އެއިއުލާން ބާތިލުކޮށް އަލުން އިއުލާން ކުރަމެވެ.
މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ޖެނުއަރީ 2018 އިން 31 ޑިސެންބަރު 2018 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މުންޑޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
މަޢުލޫމާތު ސާފްކުރުން |
17 ޑިސެމްބަރ 2017 |
އާދިއްތަ |
10:00 |
އަންދާސީ ހިސާބު ހުށަހެޅުން |
21 ޑިސެމްބަރ 2017 |
ބުރާސްފަތި |
10:30 |
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ކުންފުންޏަކުން ޙާޒިރުވެލއްވާނަމަ އެބޭފުޅަކު ތަމްސީލުކުރައްވާނީ ކޮން ކުންފުންޏެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި އަމިއްލަ ފަރާތްތަކުން މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ.
ނޯޓު: މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800741 އަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
24 C 1439
12 ޑިސެމްބަރ 2017