ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ!
މި ސްކޫލުގެ ދަރިވަރުން ބޭނުންކުރާ 9 ފާޚާނާ އާއި މުވައްޒަފުން ބޭނުންކުރާ 2 ފާޚާނާ އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްގައި މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުންވުން އެދެމެވެ.
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
ށ.ފޭދޫ ސްކޫލް އޮފީސް |
17 ޑިސެމްބަރ 2017 |
އާދިއްތަ |
11:00 |
އަންދާސީ ހިސާބުހުށައެޅުން |
ށ.ފޭދޫ ސްކޫލް އޮފީސް |
24 ޑިސެމްބަރ 2017 |
އާދިއްތަ |
11:00 |
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަޑުތައް
އަގަށް: 65 ޕޮއިންޓް
މުއްދަތު: 25 ޕޮއިންޓް
މަސައްކަތު ތަޖުރިބާ: 05 ޕޮއިންޓް
މާލީ ޤާބިލުކަން: 05 ޕޮއިންޓް
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެފަރާތެއްގެ ސިޓީއެއް ގެންނަންވާނެއެވެ.މަޢުލޫމާތު ދިނުމުގެ ސެޝަނަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.އަދި މިކަމަށް ކުރިމަތިލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ:2014/18) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ވާންޖެހޭނެއެވެ.މައުލޫމާތު ސާފުކުރުމަށް ޙާޟިރުވާފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރި ރަޖިސްޓްރީ ނުވަތަ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 6540579 / 9527274 ނަންބަރަށް ގުޅުއްވުން އެދެމެވެ.