ސިވިލް ކޯޓު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
އިޢުލާން
- މަޤާމް: އޮފީސް އެސިސްޓެންޓް
- ރޭންކް: SS-2
- ބޭނުންވާ އަދަދު: 01
- މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ
- މުސާރަ: 3,470.00 (ތިންހާސް ހަތަރު ސަތޭކަ ހަތްދިހަ) ރުފިޔާ
- ސަރވިސް އެލަވަންސް: 1,000.00 (އެއްހާސް ރުފިޔާ)
- ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
- ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ލިޔަން ކިޔަން ދަތުމާއެކު މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއިއެކު، SS-1 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- · މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: ސިޓީއާއި ތަކެތި ރައްދުކުރުމާއި، ކޯޓު އަމުރު ރައްދުކުރުމާއި، ބަންދުމީހުން ގެންދިއުމާއި، ކޯޓުގެ ތަޅުދަނޑި ގެނެސް ގެންދިއުމާއި، ފޮޅާ ސާފުކުރުމާއި، ސްޓޮކަށް ބޭނުންވާ ތަކެތި ނެގުން.
- · ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަނގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.
ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި
- ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު އަދި ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއް ނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓް އާއިއެކު (އަޞްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
- އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
- ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2017 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 14:45ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
- މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
- ވަޒީފާއަށް އެދޭފޯމު ސިވިލް ކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.
23 ރަބީޢުލްޢައްވަލް 1439
11 ޑިސެމްބަރ 2017
11 ޑިސެންބަރު 2017
ހޯދާ