ދިވެހިރާއްޖެ
"އިމްޕްލިމެންޓޭޝަން އޮފް އެން އެންވަޔަރަންމަންޓަލީ ސައުންޑް މެނޭޖްމަންޓް އޮފް މުނިސިޕަލް އެންޑް ހެޒަރޑަސް ސޮލިޑް ވޭސްޓް ޓު ރެޑިއުސް އެމިޝަންސް ފްރޮމް އަންއިންޓެންޝަނަލް ޕޮޕްސް އެންޑް ޕީ.ސީ.ބީ" މަޝްރޫޢުއަކީ މިމިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯރގަނައިޒޭޝަން (ޔުނީޑޯ) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޕީ.ސީ.ބީ ހިމެނިދާނެ ކަމަށް ލަފާކުރެވޭ ތެޔޮ ސާމްޕަލް ތަކެއް ޕީ.ސީ.ބީ ހުރިތޯ ބެލުމަށް ޓެސްޓްކުރުމެވެ. މިދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ނޮވެމްބަރު 2017 ގައި ކުރެވުނު ނަންބަރު IUL)438-ENV/438/2017/233) އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީވެ އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިމަޝްރޫއުގެ ތެރެއިން ދިވެހިރާއްޖޭގެ ދެސިޓީއެއްގައި ހުރި ޓްރާންސްފޯރމަރތަކަކުން ނަގާފައިވާ ތެޔޮ ސާމްޕަލްތަކުގެ ލެބޯރެޓޮރީ ޓެސްޓްކުރުމަށް ކޮންސަލްޓެންސީ ހިދުމަތަށް ހުޅުވާލަމެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ އީމެއިލްގެ ޒަރިއްޔާއިން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުން
ބީލަންތައް ހުށަހަޅުއްވާނީ 19 ޑިސެންބަރ 2017 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށެވެ. ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަނދުކޮށް، މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" ގައިބަޔާންކޮށްފައިވާ ގޮތަށް ބީލަންހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018341 960+ ، ފެކްސް: 3018301 960+
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv