ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
Individual Consultant

ކޮންސަލްޓަންޓެއް ހޯދުން

ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ނެޝަނަލް އެސެސްމަންޓް އޮފް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓްއަށް ޑޭޓާ އެނަލިސިސް ހަދައި ރިޕޯރޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:           އިންޑިވިޖުއަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:            1 (އެކެއް)

މަސައްކަތުގެ މުއްދަތު:   02 މަސް ދުވަސް

މުސާރަ:                 ދެފަރާތް އެއްބަސްވާ މިންވަރަކަށް.  

 

ފެންވަރު ނުވަތަ ޝަރުތު:

މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ "ޓަރމްސް އޮފް ރެފަރަންސް"ގައި ބަޔާން ކުރެވިފައިވާނެއެވެ.

 

މަޢުލޫމާތު ސާފުކުރުން:

މިއިއުލާނާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ އެންމެ ލަސްވެގެން 17 ޑިސެންބަރު 2017 ގެ

2:00 ގެ ކުރިން އީމެއިލް އަކުން މި ޑިޕާޓްމަންޓްއަށް އަންގަވާލަ ދެއްވުންއެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ

[email protected]  [email protected] /    އަށެވެ.

 

އެޕްލިކޭޝަން ހުށަހެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޑިސެންބަރު 2017 ގެ 13:00 ގެ ކުރިން  ހ. ހުޅުގަލި އިމާރާތުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓަށް ނުވަތަ  އޮންލައިންކޮށް އެޕްލައި ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޑިޕާޓްމަންޓްގެ އީމެއިލް އެޑްރެސްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.      

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ކަމުގެ ލިޔުން
  2. ކޮންސަލްޓަންސީ ދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓްގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖައްސަވާފައިވާ ކޮޕީ
  4. ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

      ޑިރެކްޓަރ ޖެނެރަލް

      ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓް،

      ހ. ހުޅުގަލި 3 ވަނަ ފަންގިފިލާ، ކަރަންކާމަގު، މާލެ.

      ފޯން: 3341220

      އީމެއިލް: [email protected]  [email protected] /

 

ކޮންސަލްޓަންސީ ދޭނޭ ފަރާތެއް ހޮވުން:   - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖެނުއަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:   - އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޮލިޓީ އެޝުއަރަންސް ޑިޕާޓްމަންޓުގެ ނަންބަރު  3341220 އާއި ގުޅުއްވުން އެދެމެވެ.

11 ޑިސެންބަރު 2017

11 ޑިސެންބަރު 2017
ހޯދާ