ދިވެހިރާއްޖެ
އިޢުލާން ނަންބަރު: MRDC-IUL/2017/48
ވަޒީފާގެ ފުރުޞަތު
މިކުންފުނީގެ ހެޑް އޮފީހަށް މީޑިއަރ ކޯޑިނޭޓަރ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
މީޑިއަރ ކޯޑިނޭޓަރ ، ގްރޭޑް 1 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
ކްލެސިފިކޭޝަން / ރޭންކް: |
އީ.އެކްސް1 – ގްރޭޑް1 |
މުސާރަ: |
މަހަކު -/14630 ރުފިޔާ (ސާދަހާސް ހަސަތޭކަ ތިރީސް ރުފިޔާ) |
ލިވިންގ އެލަވަންސް: |
މަހަކު -/2000 ރުފިޔާ (ދެހާސް ރުފިޔާ) |
ރެސްޕޮންސިބިލިޓީ އެލަވަންސް: |
މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ) |
އެޓެންޑެންސް އެލަވަންސް: |
ދުވާލަކު -/50 ރުފިޔާ (ފަންސާސް ރުފިޔާ) ހަމަޖެހިފައިވާ އުސޫލުގެ ދަށުން |
މަސައްކަތް ކުރަންޖެހޭތަން: |
ކޯޕަރޭޝަނުގެ ހެޑް އޮފީސް |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
ކޯޕަރޭޓް ޑިވިޜަން |
ފެންވަރު ނުވަތަ ޝަރުތު: |
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ - މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
އެހެނިހެން ޝަރުތު: |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން. - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން. - ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު އިނގިރޭސި އާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތުކުރަން އެނގުން. - ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން. - އެކިއެކި އިވެންޓްތައް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އެކަން އިންޓަވިއުގައި ސާބިތުކޮށްދިނުން އަދި - ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ކުންފުނިން ހިންގާ އިވެންޓްތަކުގެ އެންމެހާ ކަންކަން ކުންފުނިން ކަނޑައަޅާ އުސޫލުން ފޮޓޯ ގުރަފްކުރުމާއި ވީޑިއޯކުރުން. - ގްރެފިކްސް ޑިޒައިނިންގެ މަސައްކަތްތައް ކުރުން. - ކުންފުނިން ތައްޔާރުކުރަން ބޭނުންވާ ޕްރެޒެންޓޭޝަން، މީޑިއާކިޓް، ލުއިފޮތް، މަޢުލޫމާތު ކަރުދާސް، ލީފްލެޓް ފަދަ ތަކެތީގެ ލޭއައުޓް ހަދައި ފަރުމާކޮށް ތައްޔާރު ކުރުން. - ކުންފުނިން ބާއްވާ މީޑިއާ އިވެންޓުތަކުގެ މަޢުލޫމާތު ލިޔެ ތައްޔާރުކޮށް، އަދި ފޮޓޯ/ވީޑިއޯ ނެގުމާއެކު ލަސްނުކޮށް، ޚަބަރުފަތުރާ ވަޞީލަތްތަކަށް ފޮނުވުމާ ކުންފުނީގެ ވެބްސައިޓު އަދި ކުންފުނިން ބޭނުންކުރާ ސޯޝަލް މީޑިއާ ސައިޓުތަކުގައި ޝާއިޢުކުރުން. - ކުންފުނީން ވެބްސައިޓަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓުގައި ޝާއިޢުކުރަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަންތަކުން ހޯދައި ވެބްސައިޓަށް އަޕްލޯޑްކުރުން. - ކުންފުނީން ފަންކްޝަންތަކާ ގުޅިގެން ވެބްސައިޓުގައި ޝާއިޢުކުރާ ޚަބަރުތައް ހޯދައި، ޑިވެލޮޕްކޮށް، އަޕްލޯޑްކޮށް، އެކަށޭނަ ދަނޑިވަޅުތަކުގައި ބަދަލުގެނައުން. - ކުންފުނީގެ އެހެނިހެން ޑިޕާރޓްމަނޓްތަކުން ބޭނުންވާ އެހީތެރިކަމާ އެއްބާރުލުން ދިނުން. |
ސުންގަޑި: |
މިވަޒީފާއަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެމްބަރ މަހުގެ ތާރީޚެއްގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކުންފުނީގެ 3312904 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
22 ރަބީޢުލްއައްވަލް 1439
10 ޑިސެމްބަރ 2017