ދިވެހިރާއްޖެ
އިޢުލާން
މިސްކޫލްގެ ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާމާތުކުރުމާއި ޖަންގުޝަން މަރާމާތުކޮށް ފެން ނުހިނދޭ މައްސަލަ ޙައްލުކުރުމާއި ގުޅޭ
މިސްކޫލްގައި ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާއާއި ޖަންގުޝަން މަރާމާތުކޮށް ފެންނުހިނދޭ މައްސަލަ އަމިއްލަ ތަކެތީގައި ޙައްލުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
21 ޑިސެމްބަރ 2017 |
ބުރާސްފަތި |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
26 ޑިސެމްބަރ 2017 |
އަންގާރަ |
10:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ
ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިކަމަށް ކުރިމަތި ލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ
ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި
ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީ ގެންނަންވާނެއެވެ.
22 ރަބީޢުލްއައްވަލް 1439
10 ޑިސެމްބަރ 2017