| މަގާމުގެ ޝަރުޠުތައް: | 
އެޑްމިނިސްޓްރޭޝަން/މެނޭޖުމަންޓު ގެ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖުމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގުރޭޑު ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސުކޫލު ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑު ލިބިފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
މާލެއަތޮޅު މާފުށި ކައުންސިލުގެ އިދާރާގެ ފައިސާއާއިބެހޭ ލިއުންތަކާއި ފޮތްތަށް ބެލެހެއްޓުން.މާލެއަތޮޅު މާފުށިކައުންސިލުގެ ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން.މި އިދާރާއަށް ހޯދަންޖެހޭ ޚިދުމަތްތަކާއި ،ތަކެތި ހޯދުމަށްޓަކައި ހަދަންޖެހޭ އެންމެހާ ލިޔެކިއުންތައް ހެދުން.މާލެއަތޮޅު މާފުށި ކައުންސިލުގެއިދާރާގެ ފަރާތުން ކުރުވާ އެންމެހާ މަސައްކަތްތަކުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކޮށް ބެލެހެއްޓުން.މި އިދާރާއަށް ހުށައެޅޭ ވިޔަފާރިހުއްދަ އާއި އުވާލެވޭ ހުއްދަ ހަދައި ރިޕޯޓްތައްޔާރުކޮށް ވިޔަފާރި ކުރާ ތަންތަނުގެ ރަޖިސްޓްރީ އަފްޑޭޓްކުރުމާއި ބެލެހެއްޓުން.މި އިދާރާގެ ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން/ ޗެކްރަޖިސްޓްރީ ބެލެހެއްޓުން.މީގެ އިތުރުންވެސް ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތަށް ކުރުން  | 
| ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
ލިބިފައިވާ ތަޢުލީމާއި، ތަމްރީނުލިބިފައިވާ މަސައްކަތުގެ ތަޖުރިބާލިބިފައިވާ ހުނަރު | 
| އިންޓަރވިއު އަދި ޕުރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު: | މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕުރެކްޓިކަލްސް އާއި، އިމްތިޙާނު ކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށް ފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި އޮންނާނެ އެވެ. އިންޓަވިއު އޮންނަތަނާއި ތާރީޚާއި ގަޑި ފަހުން އެންގޭނެ އެވެ. | 
| މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: | މި މަގާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 17 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ފޯމު ހުށަހަޅާނީ، މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާ އަށެވެ. | 
| އުޖޫރަ އާއި އިނާޔަތްތައް: | 
އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ އެވެ.މަގާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެ އެވެ. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މާލެއަތޮޅު މާފުށީ ކައުންސިލުގެ އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެ އެވެ).ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)މަސައްކަތުގެތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ. |