ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ސިނާޢީ ސަރަޙައްދު 4 ނަމްބަރު ބިން ކުއްޔަށް ދޫކުރުން

  • ރަތަފަންދޫ ސިނާޢީ ސރަޙައްދު 4 ނަމްބަރ ބިން ކުއްޔަށްދޫކުރުން .

                                    ރަތަފަންދޫ ސިނާޢީ ސަރަހައްދުގެ 4 ނަމްބަރ ބިން މިހާރު އެބިމުގައި ހުރި ޢިމާރާތްތަކާ އެކު 10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީބޭނުންވެފައެވެ.

                  ވީމާ، މިބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 19 ޑިސެމްބަ 2017 ވާ އަންގާރަ ދުވަހުގެ ހެދުނު  10:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ތަން ބައްލަވަންބޭނުން ފުޅުވެލައްވާ ފަރާތްތަކުން ރަތަފަންދޫ ކައުންސިލްގެ އިދާރާގެ ނަމްބަރ : 6840016 ފޯނާއި ރަސްމީގަޑީގައި ގުޅުއްވުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެއެވެ.  

 

#

ބިމުގެ ނަމްބަރ

ބިމުގެ ބޮޑުމިން

ދުކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ސިނާޢި ސަރަހައްދު 4  ނަމްބަރ ބިން މިހާރު ތަނުގައި ހުރި ޢީމާރާތް ތަކާއެކު  

4000 އަކަފޫޓް

1500.00 ރުފިޔާ

ބިމުގައި މިހާރު ހުރި ޢިމާރާތްތަކުގެ ތަފްސީލް

1-     ނަމބަރ ކޮޓަރި 16×9 ފޫޓުގެ އެތެރޭގައި ސިމެންތިޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހައި ރެއިންބޯ ދޮރުފަތެއް ހަރުކޮށް ފައި ތަޅު ހަލާކުވެފައި އަދި މިކޮޓަރީގެ ތެރޭގައި  ½ 5 × ½ 4  ގެ ފާޚާނާއެއް ތަޅުމުގައި މުށިޖަހައި ފާޚާނާގެ ތައްޓާއި ދޮރުފަތް ރަގަޅު ތަޅު ހަލާކުވެފައި ( އެއްވެސް ސޮކެޓެއް އަދި ސްވިޗެއްނެތް ) ނޯޓް :މިކޮޓަރީގެ ހުޅަނގު ދެކުނު ކަންމައްޗަށްވާގޮތަށް ރެދެއް އަޅައިވަނީ ކަނޑައިގެންގޮސަފައެވެ.

2-      ޢިމާރާތް 20×54.58 ފޫޓުގެ ) އެތެރޭގައި 3 ކޮޓަރި ހިމެނިފައި ) އެޅިގަލުންރާނައި ސިމެންތިޖަހައި ޖަންގަލީ ލަކުޑިއާއި ރުއްވަކަރުން މަތިވަޑާން އަރުވައި ދަގަނޑު ޓިނުން ހިޔާކޮށްފައި .

1-   ކޮޓަރި 20×19.08 ފޫޓުގެ އެތެރޭގައި  6×7 ފޫޓުގެ ފާޚާނާއަކާއި އެކު އެތެރޭގައި ސިމެންތި ޖަހައި ތަޅުންއަޅައި ތަޅުމުގައި މުށިޖަހާފައި ދޮރުފަތެއްނެތް އަދި އެތެރޭގައި އެއްވެސް އެއްޗެއްނެތް .

1-      ކޮޓަރި 20 × 20.25 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް .

1-ކޮޓަރި 12×20 ފޫޓުގެ އެތެރޭގެ ބިތްތަކުގައި ސިމެންތިޖަހައި ތަޅުންއަޅާފައި ދޮރުފަތެއްނެތް .

          1-ފެންވަޅު  4 ފޫޓް ޑައިމީޓަރުގެ ގޯތިތެރޭގައި

2-      ޓޭންކް 4×7.5 ފޫޓުގެ އުސް 3 ފޫޓް އެތެރޭގައި މުށިޖަހާފައި ގޯތިތެރޭގައި .

1-      ޓޭންކް މަސްދޮންނަބަޔާއެކު 4×11 ފުޓުގެ އެތެރޭގައި މުށިޖަހާފައި

އިސްވެ ދެންނެވުނު ބިމަށް ޕްރޮޕޯސަލް ހުށަހަޅުއްވާއިރު ބިންތަރައްޤީ ކުރުމަށްގަސްތު ކޮށްފައިވާގޮތް ކުއްޔަށް  ހިފުމަށް ހުށަހަޅުއްވާ ކުލި ، އިޖުތިމާޢީ ކަންކަމަށް ޚަރަދުކުރާނެ ގޮތުގެ ތަފްސީލް ހުށަހަޅުއްވަން ވާނެއެވެ.

  • އިސްވެ ދެންނެވުނު ބިންތަކުގައި ނުކުރެވޭ ނެކަންތައްތައް .

1-  ލުއި ކާނާގެ ބާވަތް ތަކުގެ ކާބޯ ތަކެތި އުފައްދައި ބަންދު ކުރުމުގެ މަސައްކަތް .

 

  • ބިންތަރައްގީކުރުން

ރަތަފަންދޫ ސިނާޢީ ސަރަޙައްދުގެ 4 ނަންބަރު ބިން ކުއްޔަށް ހިފާ ފަރާތަކުން ބިންކުއްޔަށް ހިފާތާ 18 މަސްދުވަހުގެ ތެރޭ ބިމުގެ ވަށާފާރު ރޭނުމަށްޓަކާ އަޅަންޖެހޭ ފައުންޑޭޝަންއަޅާ ނިންމަންޖެހެއެވެ. އަދި ފުރަތަމަ 5 އަހަރު ދުވަހުގެތެރޭ 2 ފޫޓު އުސްމިނަށް ރަނގަޅު ފެންވަރަކަށް ފާރު ރާނާ ނިންމަންޖެހޭނެއެވެ.

 

  • ބިން ކުއްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލުން

  ބިންކުއްޔަށް ހިފިފަރާތުން 18 މަސްދުވަސް ނުވަނީސް ބިންދޫކޮށްލާނަމަ ބިން ބޭނުންކުރި މުއްދަތަށް ފައުންޑޭޝަންގެ އަގަށްވާފައިސާ     ކައުންސިލަށް ދައްކަންޖެހޭނެއެވެ. ބިންކުއްޔަށް ހިފި މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކޮށްލާނަމަ ބިމުގެކުއްޔާއި،އިޖުތިމާޢީ ކަންކަމަށް    ޚަރަދު ކުރުމަށް އެއްބަސްވެފައިވާ ފައިސާގެތެރެއިން 6 މަސް ދުވަހުގެ ފައިސާ ކައުންސިލަށް ދައްކަންޖެހޭނެ އެވެ.  

 

  • ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1- ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ އަމިއްލަފަރާތެއް ނަމަ އައިޑީކާޑުގެ ކޮޕީ

12- ކޮމްޕެނީ ޕްރޮފައިލް

  • މިއިދާރާއިން  ބަލާނެ ކަންތައްތައް

1-ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ ؟

  • މާކްސް ދެވޭގޮތުގެ ތަފްސީލު:

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސެދެވޭގޮތް

ތަފްޞީލް

ހުށަހަޅަ މަހުކުއްޔަށް

%50

v      ހުށަހަޅާ މަހުކުއްޔަށް ދެވޭ  މާރކްސް  

v      މިމާރކްސްދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ  ބެންޗްމާރކް އެއްކަމުގައި ބަލައިގެން ކަޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ބޮޑު  އަގަށެވެ.

 

ބިންތަރައްޤީކުރުމަށް ގޯތީގެ ވަށާއިންފާރުރޭނުން    

 

v      ބިމުގެ ވަށާ އިންފާރު 2 ފޫޓް އުސްމިނަށް  ރޭނުން    

v      މިމާކްސް ދެވޭނީ މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން އިންފާރު ރޭނުމަށް ހުށަހަޅާ އެންމެ ފުރިހަމަ އަދި އެންމެ ކުޑަ މުއްދަތަކީ  ބެންޗް މާކެއްކަމުގައި ބަލައިގެން ހުށަހެޅޭ  ހުރިހާ މުއްދަތެއްގެ މެދުގައި ކަޑައެޅިފައިވާ  % އެއް ބަހާލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

%40

v      އިޖުތިމާޢީ ކަންކަމަށް ދެވޭޢީނާޔަތު    

v      މިމާކްސް ދެވޭނީ  މިކައުންސިލްގެ  ޓެކްނިކަލް އިވެލުއޭ ޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ފައިވާ އެންމެބޮޑު ޢަދަދަކީ ބެންޗް މާރކު ކަމަށްބަލައިގެން  ކަޑައެޅިފައިވާ % އެއް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައިބަހާ ލައިގެންނެވެ.

v      މިގޮތުން އެންމެ ގިނަޕޮއިންޓް ލިބޭނީ އެންމެބޮޑު ޢަދަދެއް  ހުށަހަޅާފައިވާ ފަރާތަށެވެ . 

10 ޑިސެންބަރު 2017
ހޯދާ