ނޮޅިވަރަންފަރު ސްކޫލް
ދިވެހިރާއްޖެ
ނޮޅިވަރަންފަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

ނަންބަރު: GS-89/IUL/2017/22

އިޢުލާން

ނޮޅިވަރަންފަރު ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

މި ސްކޫލްގެ ނަންބަރު: GS-89/IUL/2017/20 (21 ނޮވެމްބަރު 2017 ) އިޢުލާނަށް 3 ފަރާތުން ކުރިމަތިލައްވާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ހުށައެޅުން ތިރީގައިވާ ތާވަލާއި އެއްގޮތަށް އޮންނާނެއެވެ. މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުވެ ނުލައްވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ސާފުކުރުން

އެސްޓިމޭޓް ހުށައެޅުން

12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 10:30 އަށް.

18 ޑިސެމްބަރ 2017 ވާ ހޯމަ ދުވަހުގެ 10:30 އަށް.

ނޮޅިވަރަންފަރު ސްކޫލްގައި

ނޮޅިވަރަންފަރު ސްކޫލްގައި

 

06 ޑިސެމްބަރު 2017 

06 ޑިސެންބަރު 2017
ހޯދާ