ދިވެހިރާއްޖެ
`
ވަންދޫސްކޫލް
ތ.ވަންދޫ، ދިވެހިރާއްޖެ
ތާރީޚް: 10 ޑިސެމްބަރ 2017 ނަމްބަރ:GS179/IUL/2017/30
އިޢުލާނު
ވަންދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމާއި ގުޅޭ
ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، 2018 ޖެނުއަރީ 01 ން 2018 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން 2017 ޑިސެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 10:00 ށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ސްކޫލުގެ 6780574 ނަންބަރު ފޯނަށެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ
22 ރަބީއުލްއައްވަލް 1439
10 ޑިސެމްބަރ 2017